ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. އެޗްޕީއޭއިން ބުނެފައި ވަނީ ވިސާ ދިނުން މެދުކަނޑާލާނީ މި މަހުގެ13 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މިއީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް އިން ރައްކާތެރި ވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދާއިރު، ރާއްޖެ ލޮކްޑައުންކުރާނެ ކަމަށް ދެކެވޭ ވާހަކައަށް ރައްދުދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ގޮތުގައި ލޮކްޑައުން އަށްދާނީ އާންމުންނަށް ދުރާލާ އަންގައި ވަގުތު ދީފައި ކަމަށެވެ.
މިކަމާއި ގުޅިގެން “ދުވަސް” އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ލޮކްޑައުނަކަށް ދާނަމަ ދެން ދާނީ އެކަމަށް ތައްޔާރުވުމަށް ރައްޔިތުންނަށް ވަގުތު ދިނުމަށް ފަހު ކަމަށެވެ. މަބްރޫކްގެ ވާހަކައިގަ ވަނީ މިހާރު އޮތް ހާލަތުން ފުރިހަމަ ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް