ކޯވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓް ފަދަ، ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިން ހުއްޓާލަން އަންގައިފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މި ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ.
މި މުއްދަތުގައި ކެފޭ ރެސްޓޯރެންޓުތަކުގައި ދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތެވެ.
އެޗްޕީއޭއިން ބުނީ ޑެލިވަރީގެ ހިދުމަތްވެސް ދެވޭނީ ރޭގަނޑު 12:00 ގެ ނިޔަލަށް ޕޮލިސް ޕާމިޓް އޮންނަ ފަރާތްތަކަށް ކަމަށެވެ.
މި ފިޔަވަޅުތައް އެޅީ ކޯވިޑްގައި މަލޭގެ ހާލަތު ވަރަށް ނުރައޤކަތެރި މިންވަރަކަށް އިތުރުވެފައިވާތީ ކޯވޑް ކޮންޓްރޯލް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް