މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމައިފި

ކޯވިޑު-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމައިފިއެވެ. އެޗްޕީއޭއިން ބުނީ މި ފިޔަވަޅަށް އަމަލު ކުރާނީ މާދަމާއި...

11 May 2021 | 12:11

ކޯވިޑު-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މި ފިޔަވަޅަށް އަމަލު ކުރާނީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކަމަށެވެ.

މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަނެއްކާވެސް އަންގާފައި މިވަނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވުމާ ގުޅިގެންނެވެ.

މދިޔަ އަހަރުގެ ކޯވިޑް ލޮކްޑައުނާއި ގުޅިގެން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި އެވެ. އަދި ފަހުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ފަހު މިއަހަރު ކުރީ ކޮޅު ވަނީ އަނެއްކާވެސް ޯވިޑް އިތުރުވާތީ މާލޭ މިސްކިތްތަކުގައި ދުރު ދުރުގައި ތިބެގެން ނަމާދު ކުރަން ފަށާފައި އެވެ.

އަލުން ކައިރި ކައިރީ ތިބެގެން ނަމާދު ކުރަން ފެށީ މިދިޔަ އޭޕްރިލް މަހުގެ ދެ ވަނަ ދުވަހު އެވެ.

މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރުމުގެ އިތުރުން މާދަމާއިން ފެށިގެން ކާފިއު ވަގުތު ހަވީރު 4:00 ން ފަތިހު 4:00 އަށް އިތުރު ކުރަން ވަނީ ނިންމާފަ އެވެ. އަދި އެއް ހަފްތާއަށް ކެފޭ/ ރެސްޓޯރެންޓުތައް ބަންދު ކުރަން ވަނީ އަންގާފަ އެވެ.

އަދި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިސްޓުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް