ގ. ރަށްދެބައިމަގުގައި ހުންނަ ބިހުރޯޒު މިސްކިތު ގޯތިތެރޭގައި ގޮތް ނޭނގޭ ފޮށި ބެހެއްޓި މީހާ ހޯދައިފި އެވެ..
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ ސިފައިންނާއި ގުޅިގެން ހިންގި ތަހުގީގުގައި އެ ފޮށީގެ ވެރި މީހާ ހޯދައި ފޮށި އެތަނުގައި ބެހެއްޓި ސަބަބުން އޮޅުން ފިލުވާފައިވާ ކަމަށެވެ. ފޮށީގެ ވެރި ފަރާތުން ލިބުނު މައުލޫމާތައް ބަލާއިރު އެއީ އާންމުކޮށް އެމީހާ އެއްތަނުން އަނެއް ތަނަށް އުފުލާ ފޮއްޓެއް ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫނުސް ވިދާޅުވީ އެމީހާގެ ފަރާތުން ލިބުނު އިތުރު މައުލޫމާތައް ބަލާއިރު އެތަނުގައި ފޮށީ ބެހެއްޓީ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ވަކި ކަމެއް ކުރުމުގެ މަގުސަދުގައި ނޫންކަން ރަނގަޅަށް ސާފުވާ ކަމަށެވެ. އަދި ނުރައްކާތެރި އެއްވެސް އަމަލެއް ހިންގުމަށް އެމީހާ ވިއްނާ ރާވާފައި ނުވާކަން ޔަގީން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ޔޫނުސް ވިދާޅެއް ނުވެ އެވެ.
އެ ފޮށި އެތަނުގައި ހުރެގެން ގޮތް ނޭނގޭ ފޮއްޓެއް ބިހުރޯޒު މިސްކިތު ގޯތިތެރޭގައި ހުރި ކަމަށް ބުނެ ފުލުހުންނާއި ސިފައިންނަށް ރިޕޯޓު ކުރީ ރޭ 10:00 ގެ ފަހުންނެވެ. ސިފައިން އެތަނަށް ފުރިހަމަ ތައްޔާރީގައި ގޮސް ބެލި އިރު އެ ފޮށީގައި ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް