ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމަށާއި ދަރިވަރުންގެ ލޯނަށް ލުއި ދޭން ރައީސް ނިންމަވައިފި

އައްޑޫ ސިޓީގައި ހިންގަމުންދިޔަ އޭސިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގެ އިސް ދެ ވެރިއަކަށް ފިޔަވަޅު އަޅައި، އެ ސްކޫލުގެ ދަރިވަރުންގެ ލޯނުތަކަށް ލުއި ދޭން ރައީސް ނިންމަވައިފިއެވެ....

11 May 2021 | 11:13

އައްޑޫ ސިޓީގައި ހިންގަމުންދިޔަ އޭސިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ފްލައިން ސްކޫލުގެ އިސް ދެ ވެރިއަކަށް ފިޔަވަޅު އަޅައި، އެ ސްކޫލުގެ ދަރިވަރުންގެ ލޯނުތަކަށް ލުއި ދޭން ރައީސް ނިންމަވައިފިއެވެ.

އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ މި މައްސަލައިގާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށާއި ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ދަރިވަރުން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.

މި މައްސަލައިގާ ރައީސް ގޮތެއް ނިންމަވާފައިވާއިރު އެ ސްކޫލުގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންނަމުންދާތީ އެ ސްކޫލުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ އެކަޑަމީގައި 150 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. އޭގެ ތެރެއިން 90 ދަރިވަރުން މިހާރުވެސް ކިޔަވަނީ ހަޔާ އެޑިއުކޭޝަންގެ ލޯނުގައެވެ. ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންގެ ލޯނުތައް ހަޔާ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރުމުން އެ ލޯނުތަކުގެ އިންޓްރެސްޓްގެ ޒިންމާ ދެން ނަގާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް