މާލެއާ މޮނިޓަރިންގައި ނެތް ރަށްރަށުގައި ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ

މާލެ އާއި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ފިތުރު އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ކޯވިޑް-19 ގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނ...

11 May 2021 | 10:31

މާލެ އާއި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ފިތުރު އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޯވިޑް-19 ގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރަމުން ދަނީ ގައިރު ކަމާއި އެކު އެވެ. އިސްލާމިކް މިނިސްޓްރީން މީޑިއާގައި ބުނީ ކޯވިޑްގެ ހާލަތަށް ރިއާޔަތް ކޮށް މިދިޔަ އަހަރެކޭ އެއްގޮތަށް މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.

އެކަމަކު މޮނީޓަރިންގެ ހާލަތުގައި ނެތް އަތޮޅުތެރޭގެ ރަށްރަށުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ ކަމަށެވެ. އެކަމަކު މިހާރު އަތޮޅު ތެރޭގައި ކޯވިޑް ފެތުރެމުންދާ ގޮތަށް ބަލާއިރު ރަށްރަށުގައިވެސް ބޮޑު ޖަމާއަތް ނުވަތަ މިސްކިތް ނޫންތަނެއްގައި އީދު ނަމާދު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައި ވާގޮތުން މިވަގުތު 32 ރަށެއް އޮތީ ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

މީގެ ތެރެއިން ބައެއް ރަށްރަށުގައި ވަކި ވަގުތުތަކެއްގައި ކާފިއު ވެސް ހިންގަ އެވެ. އެހެންވެ ކުރީ ފަހަރާ ހިލާފަށް ބައެއް ރަށްރަށުގައި ވެސް މިފަހަރު މިސްކިތްތަކުގައި ވެސް އީދު ނަމާދެއް ނުކުރާނެ އެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުންނަތްކަން ގަދަވެގެންވާ އީދު ނަމާދު ގޭގައި ވެސް ކުރެވޭނެ އެވެ. މިދިޔަ އަހަރު މާލެ ލޮކްޑައުން ކޮށްފައި އޮތުމުން ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގެ އިތުރުން މިސްކިތްތަކުގައި ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް