ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު މާދަމާ ހަމަވަނީ، ފަރުޟު އަދާ ކުރޭ

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު މާދަމާ ހަމަވާނެކަން އިސްލާމިކް މިނިސްޓްރީން ހަނދާން ކޮށްދީފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާލެ ސަރަހައްދ...

11 May 2021 | 08:35

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ މުއްދަތު މާދަމާ ހަމަވާނެކަން އިސްލާމިކް މިނިސްޓްރީން ހަނދާން ކޮށްދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާލެ ސަރަހައްދުގައި މާދަމާ ހަވީރު 6:00 އަށް ހަމަވާނެ ކަމަށެވެ. އަތޮޅު ތެރޭގައި ޒަކާތް ބަލައިގެންނަ މާދަމާގެ އެންމެ ފަހު ވަގުތު ކަނޑައަޅަނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

މާލެ ސަރަހައްދުގައި ފައިސާއިން ޒަކާތް ބަލައިގެންނަމުންދަނީ އޮންލައިންކޮށެވެ. ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިރޭގެ ނިޔަލަށް އޮންނާނެ އެވެ.

ގޮވާމުން ޒަކާތް ބަލައިގެންނަމުން ދަނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި އެވެ. ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންނަމުންދަނީ ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ ގޮވާމެވެ.

ފައިސާއިން ޒަކާތް ދައްކާ މީހުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ ރަށެއްގައި 2.4 ކިލޯގެ ގޮވާމަށްވާ ފައިސާ އެވެ. ފައިސާއިން ފިތުރު ޒަކާތް ބަލައިގެންނަމުންދަނީ އޮންލައިންކޮށް، ދިރާގު، އުރީދޫ، ބީއެމްއެލް، ،ފަހިޕޭ އަދި އެމްއައިބީ މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު މިއަހަރު މާލެ ސަރަހައްދުން ފިތުރު ޒަކާތް ދެއްކާ މީހުންގެ އަދަދު ވަރަށް މަދު ކަމަށެވެ. އެހެންވެ އެ މިނިސްޓްރީން ވަނީ ފިތުރު ޒަކާތަކީ އިސްލާމް ދީނުގެ ހަތަރު ވަނަ ރުކުންކަން ހަނދާންކޮށްދީ، ފިތުރު ޒަކާތް ދެއްކުމަކީ ރޯދަ މަހުގެ ބައެއްކަން ހަނދާން ކޮށްދީފަ އެވެ.

ވީހާވެސް ގިނަ ބަޔަކު ޒަކާތް ދެއްކުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް