ގޫގަލް ބުނާގޮތުން ޑޮލަރެއްގެ އަގު އުޅެނީ 790 ރުފިޔާގައި

ޑޮލަރެއްގެ އަގު ރާއްޖޭގެ ރުފިޔާއިން ބަލާނަމަ އުޅެނީ 790 ރުފިޔާއަށް ކަމުގައި ގޫގަލް އިން ބުނެފިއެވެ. އެގޮތުން ޑޮލަރ ޓު އެމްވީއާރު، ގޫގަލް ސާޗް ކޮށްލާއިރު އަންނަ ޑާޓާގައި ބުނެފައިވަނީ ޑޮލަރެއް ގަންނަން ...

11 May 2021 | 07:00

ޑޮލަރެއްގެ އަގު ރާއްޖޭގެ ރުފިޔާއިން ބަލާނަމަ އުޅެނީ 790 ރުފިޔާއަށް ކަމުގައި ގޫގަލް އިން ބުނެފިއެވެ.

އެގޮތުން ޑޮލަރ ޓު އެމްވީއާރު، ގޫގަލް ސާޗް ކޮށްލާއިރު އަންނަ ޑާޓާގައި ބުނެފައިވަނީ ޑޮލަރެއް ގަންނަން ލިބެނީ 790 ރުފިޔާ އަށް ލާރިއަށް ކަމަށެވެ.

މިއީ އަސްލު އަގެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިންވެސް މިފަދަ ގޮތަކަށް ދިމާވެފައިވެއެވެ. އެފަހަރު އެމްއެމްއޭއިން ވަނީ ގޫގަލް އާއި ގުޅިގެން މި މައްސަލަ ހައްލުކޮށްފައެވެ.

މިފަހަރުވެސް އެމްއެމްއޭގެ ސަމާލުކަމަށް މިކަން އައިސްފައިވާކަމަށާއި ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ޑޮލަރުގެ އަގު މިހާ ވަރަށް ބޮޑުކޮށް ދައްކާފައިވާއިރު، ރާއްޖޭގެ ކަޅު ބާޒާރުގައިވެސް ޑޮލަރުގެ އަގު މިހާރު އަންނަނީ އުފުލެމުންނެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތަކަށް ބަލާލާނަމަ، ޑޮލަރުގެ އަގު ރާއްޖޭގެ ކަޅު ބާޒާރުގައި އުޅެނީ 19 ރުފިޔާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް