މުސްކުޅިންނަށް ހާއްސަ ތަނަކުން ފަރްހާން ކޯވިޑް ވެކްސިން ޖެހިކަމަށް ބުނުމުން ރުޅިގަދަވެއްޖެ!

ބޮލީވުޑްގެ ޑައިރެކްޓަރު އަދި އެކްޓަރު ފަރްހާން އަހްތަރު ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ތަނާއި މެދު ހިތް ހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި މީހަކަށް ރައްދު ދީފި އެވެ. ފަރްހާން ކ...

11 May 2021 | 06:57

ބޮލީވުޑްގެ ޑައިރެކްޓަރު އަދި އެކްޓަރު ފަރްހާން އަހްތަރު ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ތަނާއި މެދު ހިތް ހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި މީހަކަށް ރައްދު ދީފި އެވެ.

ފަރްހާން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ މުމްބާއީގެ އަންދޭރީގެ ސްޕޯޓްސް ކޮމްޕްލެކްސް ގައި ހަދާފައިވާ "ޑްރައިވް އިން ފެސިލިޓީ" އަކުންނެވެ. ފަރްހާން ވެކްސިންގެ ފުރަތަމަ ޑޯޒުު ޖެހީ އިއްޔެ އެވެ.

އެތަނަށް ގޮސް ވެކްސިން ޖެހުމާއި އެކު ޓުވިޓާގައި އޭނާ ޓެގްކޮށް މީހަކު ވަނީ ފަރްހާން އަކީ އުމުރުން 60 އަހަރުން މަތީގެ މީހެއްތޯ ނުވަތަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްތޯ ސުވާލުކޮށްފަ އެވެ. އަދި ބުނެފައިވަނީ އޭގެން އެއްވެސް ކަމެއް އޭނާ ފަރާތުން ފެންނަން ނެތް އިރު އެތަނަށް ގޮސް ވަގުތުން ވެކްސިން ޖަހާލީ ބާރާއި ނުފޫޒު ބޭނުން ކޮށްގެންކަމަށެވެ.

އެމީހާ ބުނީ ވެކްސިން ޖެހުމަށް ހާއްސަކޮށްފައިވާ އެ "ޑްރައިވް އިން ފެސިލިޓީ" އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެކްސިން ދިނުމަށް ހާއްސަ ތަނެއް ކަމަށެވެ. އެތަނުން އާންމުކޮށް މީހުންނަށް ވެކްސިން ނުޖެހޭ ކަމަށެވެ.

މި ޓުވީޓާއި ގުޅިގެން ފަރްހާން ވަނީ ވަރަށް ބޮޑަށް ހިިތްހަމަ ނުޖެހިފަ އެވެ. އަދި އެމީހާއަށް ވަރުގަދަ ރައްދެއް ދީފައިވެ އެވެ.

ފަރްހާން ބުނީ އޭނާ ވެކްސިން ޖެހި "ޑްރައިވް އިން ފެސިލިޓީ" އަކީ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ހާއްސަ ވެކްސިން ސެންޓަރެއް ކަމަށެވެ. އަދި ފޯނު ބޭނުން ކޮށްގެން މުޖުތަމައުއަށް ފައިދާހުރި ކަމެއް ކުރުމަށް އެމީހާ އާއި ދިމާލަށް ފަރްހާން ބުނެފައިވެ އެވެ.

މިފަހަކުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކޯވިޑް ވެކްސިން ޖަހަން ފަށާފަ އެވެ. އެންމެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހަ އާއި ރިތޭޝް ދެޝްމުކް އާއި އަންހެނުން ޖެނީލިއާ ޑިސޫޒާ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް