ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މިއަހަރުގެ ދެ ވަނަ ޓާމުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޔޫއިން ބުނީ އަންނަ އޮގަސްޓް މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 30 ވާ އާދީއްތަ ދުވަހު ހުޅުވަލާނެ ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެމްއެންޔޫއިން ބުނީ ހުރިހާ ކޯސްތަކަކަށްވެސް ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ.
އޮގަސްޓު މަހު ފަށާ ދެ ވަނަ ޓާމުގައިވެސް ސެޓްފިކެޓް ލެވެލްއިން ފެށިގެން ކޯސްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެ އެވެ.
ކޯސްތަކާއި ބެހޭ މައުލޫމާތާއި އޮންލައިންކޮށް ފޯމް ހުށަހަޅާނެ ގޮތުގައި މައުލޫމާތު އެ ޔުނިވާސިޓީގެ ވެބްސައިޓުން ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް