މުޅި ރާއްޖެއަށް މޫސުން ގޯސް، ދެކުނުގެ ފަސް އަތޮޅަށް ޔެލޯ އެލާޓު ނެރެފައި

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރިޔަށް އޮތް ފަސް ދުވަހު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން ދަނީ އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަަހައްދުތަކަށް މޫސ...

11 May 2021 | 05:13

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ކުރިޔަށް އޮތް ފަސް ދުވަހު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ދަނީ އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓު ނެރެމުންނެވެ. މިއަދުވެސް މެންދުރާއި ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އެލާޓު ވަނީ ނެރެފަ އެވެ.

ހެނދުނު 8:00 ން މެންދުރު 1:00 އަށް ހއ. ން ލ. އަތޮޅަށް ނެރެފައިވަނީ ވައިޓް އެލާޓެވެ. އަދި ލ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް މި ވަގުތުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ވަނީ ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު ހުރިހާ ސަރަހައްދަކަށްވެސް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ އެވެ.

މެޓް އޮފީހާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މޫސުމަށް ސަމާލުވުމަށް ކަނޑުދަތުރު ކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް