އެޗްއާރުސީއެމްގެ މެންބަރު ކަމުން ޝިފާގު އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދު (ހިސްޓޯ) ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާދެއްވައިފި އެވެ. ޝިފާގު މަގާމުން އިސްތިއުފާދެއްވި ކަން ވަނީ ...

11 May 2017 | 15:24

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދު (ހިސްޓޯ) ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާދެއްވައިފި އެވެ.

ޝިފާގު މަގާމުން އިސްތިއުފާދެއްވި ކަން ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ. އެކަމަކު ސަބަބު ހާމައެއް ނުކުރައްވަ އެވެ.

ހިސްޓޯ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ހިސްޓޯ ވަނީ އެޗްއާރުސީއެމްގެ ބައެއް ނިންމުންތަކާއި މެދު ހިތްހަމަ ޖެހިވަޑައި ނުގަތް މީގެ ކުރިން ވާހަކަ ދައްކަވާފައި އެވެ.

ޝިފާގަކީ ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ. އޭނާ އެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް