ސިފައިންގެ އާއިލީ ހަވީރު ހަފްތާ ބަންދުގައި ރަސްފަންނުގައި

ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ އާއިލީ ހަވީރު މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައިވާކަމުގައި ސިފައިން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑ...

11 May 2017 | 07:44

ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ އާއިލީ ހަވީރު މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައިވާކަމުގައި ސިފައިން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި އާއިލީ ހަވީރު ކުރިއަށްދާނީ މި މަހު 12 އަދި 13 (ހުކުރު އަދި ހޮނިހިރު ދުވަހު) 1600 އިން 1800 އަށް ރަސްފަންނު ބީޗް ސަރަހައްދުގައި ކަމަށެވެ.

"މި އާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު 16:00ގައި ރަސްފަންނު ބީޗްގެ އައިޖީއެމްއެޗް އާއި ދިމާލުގައި އޮންނާނެ" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރުގައި ފެނިގެންދާނީ ރަށްފުށު ދިރުޅުމުގެ އެހާރާއި މިހާރު އަދި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވ ތަފާތު ކުޅިވަރުތަކާއެކު ސިފައިންގެ މަސައްކަތްތައް ދައްކުވައިދޭ ތަފާތު ސްޓޯލްތައް މި އާއިލީ ހަވީރުގައި ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް