އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އިންޑިއާގެ މުންބައިއަށް ޕާރފޯމް ކުރުމަށް މިއަހަރު ދާން ހަމަޖައްސައިފި އެވެ.
އެޑްގެ އޮފިޝަލް ވެބްސައިޓްގައި ވާގޮތުން އޭނާ އިންޑިއާ އަށް ދާނީ ނޮވެންބަރު 11 ގައި އެވެ. މި ދަތުރަކީ އެޑްގެ ވޯލްޑް ޓުވާ ދަށުން ކުރާ ދަތުރެކެވެ.
ޝޭޕް އޮފް ޔޫ އަދި ތިންކިން އައުޓް ލައުޑް ފަދަ ލަވަތަކުން ގިނަ ބައެއްގެ މެދުގައި އެޑްވަނީ ވަރަށް ބޮޑު މަގުބޫލުކަން ހޯދާފަ އެވެ.
އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ޖަސްޓީން ބީބާވެސް ވަނީ އިއްޔަ މުންބާއީގައި ޝޯއެއް ދީފައި
އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް