ރޯދަ މަހު އެންމެ ގިނަވެގެން ސްކޫލްތަކުގައި ކިޔަވައިދޭނީ ހަތަރު ގަޑި އިރު

ރޯދަ މަހު އެންމެ ގިނަވެގެން ދަންފަޅިއެއްގައި ސްކޫލްތަކުގައި ކިޔަވައިދެވޭނީ ހަތަރު ގަޑި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ. ރޯދަ މަހު ކިޔަވައިދޭނެ ގަޑިތަކާއި ގުޅޭގޮތުން އެ މިނިސްޓްރީނ...

11 May 2017 | 03:45

ރޯދަ މަހު އެންމެ ގިނަވެގެން ދަންފަޅިއެއްގައި ސްކޫލްތަކުގައި ކިޔަވައިދެވޭނީ ހަތަރު ގަޑި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ރޯދަ މަހު ކިޔަވައިދޭނެ ގަޑިތަކާއި ގުޅޭގޮތުން އެ މިނިސްޓްރީން އާންމު ކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް  ކަމަށެވެ. އަދި ކިޔަވައިދޭ ވަގުތު ކަނޑައަޅާނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އަށް ނިންމާ ގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ހެނދުނުގެ ދަންފަޅި ފަށާނީ ހެނދުނު 8:40-9:00 އާ ދެމެދު ކަމަށް ބުނެފައިވެ އެވެ. އަދި މެންދުރުފަހުގެ ދަންފަޅި ފަށާގޮތަށް ހަމަޖައްސާފައި ވަނީ ހެނދުނު 11:30 އިން މެންދުރުފަހު 1:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.

މީގެ އިތުރުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ހަތަރު ގަޑިއިރަށް ވުރެ އިތުރު ނުވާނެ ގޮތަކަށް، ކުދިންގެ އުމުރަށް ބަލައިގެން ކިޔަވައިދޭނެ ވަގުތު އެ ސްކޫލަކަށް އިތުރުކުރެވިދާނެ ކަމަށް ބުނެ އެވެ.

އެޑިއުކޭޝަނުން ބުނީ ޕްރީ ސްކޫލް ކުދިންގެ ކިޔެވުން ކުރިޔަށް ގެންދަން ވާނީ ދޮޅުގަޑިއިރަށް ވުރެ ކުރު ނުވާނެ ގޮތަކަށް ކަމަށެވެ. އަދި ގްރޭޑް 1-7 ގެ ކުދިންގެ ކިޔެވުން ދެ ގަޑިއިރާއި 30 މިނިޓަށް، ގްރޭޑް 8-10 ގެ ކުދިން ތިން ގަޑިއިރަށް، ގްރޭޑް 11-12 ގެ ކުދިންނަށް ރޯދަމަހު ހަތަރު ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.

މާއްދާއެއްގެ ދިގުމިން 30 މިނިޓާއި 45 މިނެޓަށް ފައްތައިގެން ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން އެދެ އެވެ. ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމަށްވެސް އެ މިނިސްޓްރީން އެދިފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ވަނީ މައުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު ސްކޫލުތަކުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް