އިންޑިއާގައި ޝޯއެއް ދިނުމަށް މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މުމްބާއީއަށް ދިޔައީ އަންގާރަ ދުވަހު އެވެ.
ޖަސްޓިން ބީބާއަށް މަރުހަބާ ކިއުމަށް މުމްބާއީގެ ޗަތްރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޖަސްޓިން ބީބަ ބަލާލާހިތުން ތިން ދުވަސް ކުރިން އެ ތަނުގައި ކޭމްޕު ޖަހައިގެން ތިބި މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސަޕޯޓަރުން ތިބީ އަންގާރަ ދުވަހުގެ މެންދުރު ޖަސްޓިން ބީބާގެ މުމްބާއީއަށް ދާތީ އެގަޑީގައި ވަރަށް ތައްޔާރުވެގެންނެވެ. ތިއްބަ ކުއްލިއަކަށް މަޝްހޫރު މީހުން ނިކުންނަ އެއާޕޯޓު ގޭޓޫ ކައިރީ ސެކިއުރިޓީ ވަރުގަދަ ކުރަން ފެށުމުން އެންމެ ހީކުރީ ޖަސްޓިން އައީ ކަމަށެވެ. އެހެންވެ ސަޕޯޓަރުން ހަޅޭއްލަވާ އަޑު ގަދަ ކުރަނިކޮށް ނިކުތީ އަކްޝޭ ކުމާރު ކަމަށް ވެ އެވެ.
އަކްޝޭ މުމްބާއީއަށް ދިޔައ އެންމެ އަވަހަށް ރިލީޒްވާ އޭނާގެ ފިލްމު "ޓޮއިލެޓް އޭކް ޕްރޭމް ކާތާ" ގެ މައުލޫމާތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ދިނުމަށް އެ ގައުމުގެ ވެރިރަށް ދިއްލީއަށް ކުރި ދަތުރަކަށް ފަހު އެވެ.
ޖަސްޓިން ބީބާގެ ސަޕޯޓަރުންނަށް އެގަޑީގައި ލިބުނީ ބޮޑު ލަނޑެކެވެ. ޖަސްޓިން މުމްބާއީއަށް ދިޔައީ އަންގަރާ ދުވަހުގެ ރޭ ދަންވަރު ކަމަށްވެ އެވެ.
އޭނާ ރޭ ވަނީ މުމްބާއީގައި ޝޯއެއް ދީފައެވެ. މަޝްހޫރު ބޮލީވުޑް ތަރިންވެސް ބަލާލަށް ދިޔަ އެ ޝޯއަށް 45،000 ގިނަ މީހުން ދިޔަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް