ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ލ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސްގެ މި ދަތުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ލ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާކަމުގައިވެސް ރައީސް އޮފީހުން ބުނެއެވެ.
އެ އޮފީހުން އިތުރަށް ބުނެފައިވާގޮތުގައި ލ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅު މާދަމާ ނިންމަވާލެއްވުމަށްފަހު ނުރަސްމީ ދަތުރުޅެއްގައި މާދަމާ ރައީސް އައްޑޫ ސިޓީއަށް ވަޑައިގަންނަނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް