އިންޑިއާ - އެމެރިކާއިން ޗައިނާގެ ޖާސޫސީ ބެލޫންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

އިންޑިއާ އަދި އެމެރިކާއިން ޗައިނާގެ ޖާސޫސީ ބެލޫންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ. އެމެރިކާގެ ވައިގެ ސިފައިން ދާދި ފަހުން ވައްޓާލި ޗައިނާގެ ޖާސޫސީ ބެލޫންތަކާ ބެހޭގޮތުން އިންޑިއާ އާއި އެމެރިކާގައި ...

11 Apr 2023 | 18:55

އިންޑިއާ އަދި އެމެރިކާއިން ޗައިނާގެ ޖާސޫސީ ބެލޫންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އެމެރިކާގެ ވައިގެ ސިފައިން ދާދި ފަހުން ވައްޓާލި ޗައިނާގެ ޖާސޫސީ ބެލޫންތަކާ ބެހޭގޮތުން އިންޑިއާ އާއި އެމެރިކާގައި މަޝްވަރާކޮށްފައި ވަނީ ޝައްކު ކުރެވޭ ހަރަކާތްތަކެއް ހިންގަމުންދާތަން ފެނުމުން ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗައިނީސް ސްޕައި ބެލޫން ހާދިސާގެ މައްސަލަ އިންޑިއާގެ އޮފިޝަލުންނާ މަޝްވަރާ ކުރަމުން ދޭތޯ މީޑިއާއިން ސުވާލު އުފެއްދުމުން ޕެސިފިކް ވައިގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ކެނެތު އެސް ވިލްސްބަކް މިއަދު ވިދާޅުވީ މިކަން ހިނގި ދުވަސްވަރު ވަރަށް ކުރުކޮށް މި މަޝްވަރާތައް މި ސަރަހައްދުގެ ވައިގެ ވެރިންނާއެކު ކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ކޮންމެ ޤައުމެއްގެ ވެރިންވެސް ކަންބޮޑުވާންޖެހޭ ކަންތައްތައް ކަމަށެވެ.

ޗައިނާގެ ސްޕައި ބެލޫން ކަމަށް ބެލެވޭ އެއްޗެއް ފެބްރުއަރީ މަހު އެމެރިކާގެ ވައިގެ ސަރަހައްދަށް ވަނުމުން ވަނީ އެމެރިކާގެ ފައިޓާ ޖެޓްސްއިން ސޫޓްކޮށް ވައްޓާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް