ޓްވިޓާއިން ބުނަނީ ބީބީސީއަކީ ސަރުކާރުން ފަންޑުކުރާ މީޑިއާއެއް ކަމަށް !

ބީބީސީގެ މައި ޓްވިޓާ އެކައުންޓުގައި "ސަރުކާރުން ފައިސާ ހޯދާ މީޑިއާ" ގެ ގޮތުގައި ސިފަކޮށްފައިވާ އާ ލޭބަލަކަށް އިއުތިރާޒުކޮށް އެ ލޭބަލް ނެގޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. އެކުންފުންޏަށް މި ލޭބަލް ދީ...

11 Apr 2023 | 18:47

ބީބީސީގެ މައި ޓްވިޓާ އެކައުންޓުގައި "ސަރުކާރުން ފައިސާ ހޯދާ މީޑިއާ" ގެ ގޮތުގައި ސިފަކޮށްފައިވާ އާ ލޭބަލަކަށް އިއުތިރާޒުކޮށް އެ ލޭބަލް ނެގޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ.

އެކުންފުންޏަށް މި ލޭބަލް ދީފައިވަނީ ޓުވިޓާގެ އިންޓާނަލް އަޕްޑޭޓިން މެކޭނިޒަމެއްގެ ދަށުންނެވެ. ނަމަވެސް މި ލޭބަލް ދިނުމާއެކު ބީބީސީއިން ވަނީ މި ޑެޒިގްނޭޝަން ބަދަލްކުރުމަށް ޓްވިޓާގައި ރަސްމީކޮށް އެދިފައެވެ.

މިކަމާބެހޭ ގޮތުން އެކުންފުނިން ބުނީ ބީބީސީ އަކީ، އަދި އަބަދުވެސް މިނިވަން ކުންފުންޏެއް ކަމަށާއި އެކުންފުނިން ފައިސާ ހޯދަނީ ލައިސަންސް ފީ މެދުވެރިކޮށް އަދި ޕަބްލިކް މެދުވެރިކޮށް ކަމަށެވެ.

ބީބީސީ ނިއުސް އިން ޓްވިޓާގެ ވެރިޔާއަށް އެ ކޯޕަރޭޝަނަކީ ލައިސަންސް ފީ ފަންޑުކޮށްގެން ހިންގާ ކޯޕަރޭޝަނެއް ކަމަށް އަލިއަޅުވާލުމުން، އިލޯން މަސްކު ވަނީ އީމެއިލް މެދުވެރިކޮށް ޖަވާބުގައި ބީބީސީއަށް ޓުވިޓާގައި ދީފައިވާ ލޭބަލް އެއީ ތެދެއްތޯ ސުވާލުކޮށްފައެވެ.

އަދި "ސީދާ ފައިސާ ލިބޭ މަސްދަރުތަކާ" ގުޅޭ ލޭބަލެއް ފޯރުކޮށްދިނުމަށް ވިސްނަމުންދާ ކަމަށް އިލޯން މަސްކު ވިދާޅުވާކަމަށް ވެއެވެ.

މިއީ އެހެން މީޑިއާތަކަށް ވެސް އަމަލުކުރާނެ ގޮތް ކަމެއް ސާފެއް ނުވެ އެވެ.

2.2 މިލިއަން ފޮލޯވަރުން ތިބި @BBC އެކައުންޓަށް ލޭބަލް ދީފައިވާއިރު، ބީބީސީގެ ޚަބަރާއި ކުޅިވަރު އުފެއްދުންތަކާ ގުޅުން ހުރި މާ ބޮޑެތި އެކައުންޓްތައް ހުރި އިރު ޓްވިޓާއިން އެ އެކައުންޓްތަކަށް މިފަދަ ލޭބަލްތަކެއް ދީފައެއް ނުވެއެވެ.

ބީބީސީގެ މައި އެކައުންޓުން މުހިންމު ގޮތެއްގައި ހިއްސާކުރަނީ ބީބީސީން އުފައްދާ ޓީވީ ޕްރޮގްރާމްތަކާއި ރޭޑިއޯ ޝޯތަކާއި ޕޮޑްކާސްޓްތަކާއި ޚަބަރު ނޫން އެހެން ތަކެތީގެ އަޕްޑޭޓްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް