ހުޅުމާލޭ ފޭސް ދޭއްގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލު ކޮށްފި

ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް އަޅަން އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިިވެޓް ލިމިޓެޑާއި ހަވާލު ކޮށްފި އެވެ. މި އެއްބަސްވުމުގައިއާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިންގ ޑި...

11 Apr 2023 | 15:31

ހުޅުމާލޭ ފޭސް 2 ގައި އިތުރު މިސްކިތެއް އަޅަން އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިިވެޓް ލިމިޓެޑާއި ހަވާލު ކޮށްފި އެވެ.

މި އެއްބަސްވުމުގައިއާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އައިސީއެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ.

މި އެއްބަސް ވުމުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ ލޮޓް ނަންބަރު 20243 ގައި އެޅޭ މިސްކިތަކީ 11،643.74 އަކަފޫޓުގެ ބޮޑު މިސްކިތަކަށް ވާނެ ކަމަށް އާބަންކޯއިން މައުލޫމާތުދެ އެވެ. 3 ފަންގިފިލާއަށް އަޅާ މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދު ވެގެން އަންނަ އިރު، ބޭނުންވާނެ މިސްކިތްތައް ޤާއިމު ކުރުމުގެ ތެރެއިން، މިއަދު ސޮއި ކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފައި އެވެ. އާބަންކޯއިން ބުނީ މީގެ ތެރެއިން ގިނަ މިސްކިތްތަކެއްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މިވަގުތު ފޭސް ދޭއްގައި ހުރީ ދާއިމީ މިސްކިތަކާއި ވަގުތީ ދެ މިސްކިތެވެ.

ހުޅުމާލެ އަކީ ހުޅުމާލޭގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބެނުންތަކެއް ހިމެނިގެން ތަރައްޤީ ކުރެވޭ ރަށަކަށް ހެދުމަށް އާބަންކޯގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް