ފުއްގިރި މައްސަލައިގާ ހައި ކޯޓުން ރައީސް ޔާމީނަށް ކާމިޔާބެއް ނުވި

ފުއްގިރި މައްސަލައިގާ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކި ބަލައިނުގަތުމަށްއެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބު ވެއްޖެއެވެ. ހައި ...

11 Apr 2023 | 11:09

ފުއްގިރި މައްސަލައިގާ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކި ބަލައިނުގަތުމަށްއެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބު ވެއްޖެއެވެ.

ހައި ކޯޓުގައި މިއަދު ދެ ފަނޑިޔާރުންގެ އަގުލައްބިއްޔަތުން ކުރައްވާފައިވާ ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ތިން ފަނޑިޔާރުންގެ ބެންޗްގެ ތެރެއިން މިގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ރައުޔު ތަފާތުވި ފަނޑިޔާރަކީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ފަނޑިޔާރު ހަސަން ޝަފިއުގެ ރައުޔަކީ އަދީބާއި ޒިޔަތުގެ ހެކި ބަލައިގަތުމާއިމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންނަމަވެސް ލިޔުންތައް ހޯދަން އެދުނު މައްސަލައިގާ ދަށުކޯޓުގެ ނިންމުން ދަމަހައްޓަންޖެހޭނެކަމުގައިވެސް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ބުނެފައިވެއެވެ.

ހައިކޯޓުން މިއަދު މި ހުކުމް ނެރެފައިވާއިރު މި މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގައި ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން އޮތީ އަންގާފައެވެ. އެހެންކަމުން ދެން އަލުން އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް