އާރަށުގެ މައްސަލައިގާ ދައުލަތަށް 52 މިލިޔަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ހައި ކޯޓުން މި އަމުރު ބާތިލުކޮށްފައިވަނީ އެ އަމުރު ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމުންނެވެ.
ހައި ކޯޓުން ބުނެފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއިން ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.
ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައިވިޔަސް މައްސަލައިގާ ހުކުމްކުރި ވަގުތު ފައިސާ ދައުލަތަށް ނަގަން އަމުރުކޮށްފައިނުވާއިރު ފަހުން ނެރުނު އަމުރެއްގެ ދަށުން ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތްކަމުގައި ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. އަދި އަމުރު ނެރުމުގެ ކުރިން ޔާމީނަށް އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދީފައިނުވާކަމާއި އެ އަމުރު ނެރެފައިވަނީ ޖަލަށް ލާން ހުކުމް ކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއަކާއި ގުޅިގެންކަމާއި އެއީ ގާނޫނާއި ހިލާފު ކަމެއްކަމުގައިވެސް ހައި ކޯޓު ހުކުމުގައި ވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް