ބުދިސްޓުންގެ ރޫހާނީ ލީޑަރު ދަލައިލާމާ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް ފަހު މައާފަށް އެދިއްޖެ!

ދުނިޔޭގެ އެތައް ބަޔަކު އަޅުކަންކޮށް ގަބޫލު ކުރަމުންދާ ބުދު ދީނުގެ ރޫހާނީ ލީޑަރުގެ ގޮތުގައި ބަލާ ދަލައިލާމާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް ފަހު މައާފަށް އެދިއްޖެ އެވެ. ޗައިނާގެ ބައެއްގެ ގޮތުގައި އ...

11 Apr 2023 | 08:55

ދުނިޔޭގެ އެތައް ބަޔަކު އަޅުކަންކޮށް ގަބޫލު ކުރަމުންދާ ބުދު ދީނުގެ ރޫހާނީ ލީޑަރުގެ ގޮތުގައި ބަލާ ދަލައިލާމާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށް ފަހު މައާފަށް އެދިއްޖެ އެވެ.

ޗައިނާގެ ބައެއްގެ ގޮތުގައި އޮންނަ ޓީބެޓަށް ނިސްބަތްވާ ދަލައިލާމާއަށް އެތަނުގައި ބުދިސްޓު ދީން ފެތުރުމުގެ ފުރުސަތު ހާމަކަން ބޮޑުގޮ ގޮތެއްގައި ޗައިނާ ސަރުކާރުން ނުދެ އެވެ. އެހެންވެ އޭނާއަށް ދާއިމީ ރަށްވެހިކަން އިންޑިއާއިން ދީފައި އޮވެ އެވެ.

ދަލައިލާމާ ދިރިއުޅެނީ އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ދަރަމްޝާލާގައި އެވެ. މި ހާދިސާ ހިނގި ކަމަށްވަނީ އެ ސިޓީގައި ހުންނަ މައި ފައްޅިއަށް އޭނާއާއި ބައްދަލު ކުރަން ދިޔަ އާއިލާއެއްގެ ކުއްޖަކަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ އެ ކުއްޖާ ދަލައިލާމާ ގައިގަ ބައްދާލަން ބޭނުންވާ ކަމަށް ބުނާތަނެވެ. އެކަމަށް ސްޓޭޖު މައްޗަށް އެރުމަށް އެ ކުއްޖާއަށް ދަލައިލާމާ ދައުވަތު ދިނުމުން ކުއްޖާ އަރައި ބައްދާލައެވެ.

ގަޔާ ދުރުވެލުމުން ދަލައިލާމާ ކުއްޖާ ކައިރީ ބުނަނީ ދެން އޮތީ ދޮނެއް ދިނުން ކަމަށާއި އޭނާގެ ތުން ފަތަށް ދޮނެއް ދިނުމަށް ފަހު ދުލަށްވެސް ދޮންދޭން އެދެ އެވެ. އަދި ކުއްޖާގެ ތުންފަތަށް ދޮން ދިނުމަށް ފަހު އިރުކޮޅަކުން ދަލައިލާމާގެ ދޫވެސް ނެރޭތަން ވީޑިއޯގައި ފެނެ އެވެ.

މި މައްސަލައިގަ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ދަލައިލާމާވަނީ މައާފަށް އެދި އެގޮތަށް ކުއްޖާ ގާތުގައި ނޭދެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުނެފައި އެވެ.

މި މައްސަލައިގަ އިންޑިއާގެ ވެރިރަށް ދިއްލީގެ ޗައިލްޑް ރައިޓްސް ސެންޓަރުން ބުނެފައިވަނީ ދަލައިލާމާގެ އެ އަމަލު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ އަމަލެއްގެ ތެރެއަށް ފެތޭ ކަމަށެވެ. ދަލައިލާމާގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނީ ކުޑަކުދިންނާއި މަޖާ ކުރުމުގެ ގޮތުން ދޫ ނެރެ އެގޮތަށް ވާހަކަ ދެއްކުމަކީ ބުދު ދީނުގައި ސަގާފަތުގައި ހިމެނޭ ކަމެއް ކަމަށެވެ.

މިއީ މިފަދަ އަމަލެއްގެ ސަބަބުން ދަލައިލާމާ މައާފަށް އެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު އޭނާ ދެއްކި ވާހަކައެއްގައި ވަނީ ރޫހާނީ ލީޑާރުގެ މަގާމަށް އަންހެނަކު އަންނަ ނަމަ ވާން ޖެހޭނީ ވަރަށް ބައްޓަން ރަނގަޅު ބަލާލަން ރީތި އަންހެނަކަށް ކަމަށް ބުނެފައި އެވެ.

އެ މައްސަލައިގަވެސް ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. އެއީ ރޫހާނީ ލީޑަރުގެ ގޮތުގައި ހުރެ އިންސާނުންގެ ސިފައާއި މެދު ދެއްކި ވާހަކަ ކަމު ނުދާތީ އެވެ.

މިހާރުގެ ބުދިސްޓުންގެ ރޫހާނީ ލީޑަރަކީ އެ ދީނުގެ 14 ވަނަ ދަލައިލާމާ އެވެ. އެ މަގާމަށް އެހެން މީހަކު އައްޔަން ކުރާނީ އުމުރުން 87 އަހަރުގެ މިހާރުގެ ދަލައިލާމާ މަރުވަމުންނެވެ.

އެމީހުން ގަބޫލު ކުރާގޮތުގައި ދަލައިލާމާއަކީ ވަހީ ބާވާލައްވާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް