ޝަރުތު ހަމަވާ ފަސް ޕާޓީއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

ޝަރުތު ހަމަވާ ސިޔާސީ ފަސް ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ. ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބަޖެޓުގެ 0.1 އިންސައްތަ ފައިސާ ޝަރު...

11 Apr 2023 | 08:23

ޝަރުތު ހަމަވާ ސިޔާސީ ފަސް ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބަޖެޓުގެ 0.1 އިންސައްތަ ފައިސާ ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. ފައިސާ ލިބޭ ޕާޓީތަކުގެ އަދަދަކީ 10 ހާސް މެންބަރުން ކަމުގައި ވާންޖެހެއެވެ.

އެ ހަމައިން ބަލާއިރު ސިޔާސީ ޕާޓީތަކުގެ ހިންގުމަށް، ދޫކުރުމަށް މި އަހަރުގެ ބަޖެޓުން 36،896،088 (ތިރީސް ހަ މިލިއަން އަށްސަތޭކަ ނުވަދިހަ ހަ ހާސް އަށްޑިހަ އަށް) ރުފިޔާ ކަނޑައަޅާފައިވާއިރު ޝަރުތު ހަމަވާ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްއެންޕީ އަދި އަދާލަތު ޕާޓީއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވަނީ ފައިސާ ދޫކުރަން ފޮނުވާފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ކަމަށެވެ.

މި އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާ ޕާޓީތަކާއި ފައިސާގެ އަދަދު ތަކާއި ޕާޓީތަކަށް ބަލާލާއިރު އެއީ:

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ):14،212،790.92
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 9،544،204.46
  • ޖުމްހޫރީ ޕާޓީ(ޖޭޕީ): 5،680،521.16
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2،591،106.24
  • މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ): 2،434،979.29
  • އަދާލަތު ޕާޓީ: 2،412،485.93

މި ފައިސާ ދޫކުރަން ފޮނުވާފައިވާއިރު ހިނގަމުން މިދަނީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމުން އެހެން އަހަރުތަކާ އަޅާބަލާއިރު ސިޔާސީ ޕާޓީތަކުން މި އަހަރު ހިންގާ ހަރަދުތައް ބޮޑުތަނުން އިތުވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް