އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާތިލު ކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކޮށްދޭން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި އިންތިހާބު 61 ޕަސެންޓު ކާމިޔާބު ކުރީ ރައީސް އިބްރާ...

11 Apr 2023 | 08:01

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކޮށްދޭން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އިންތިހާބު 61 ޕަސެންޓު ކާމިޔާބު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ.

މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލަ ހުށަހެޅި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވާތީ މައްސަލަ ކުރިޔަށް ނުގެންދެވޭނެތީ އެވެ. ކޯޓުގެ ހުކުމުގައި ބުނީ އަމްޖަދު ވަކި ކުރީ މައްސަލަ ހުށަހެޅި ފަހުން ކަމަށް ބުންޏަސް އެމްޑީޕީގެ ދަފްތަރުގައި އޭނާގެ ނަން އޮތީ އިދާރީ އޮޅުމަކުން ކަމަށް އީސީން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ބުނެފައިވީ ނަމަވެސް އޭރުވެސް އީސީގެ ދަފްތަރުގައި އޭނާ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނިފައިވާ ކަމަށް ހުކުމުގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް