ދުވަހުގެ ރެސިޕީ: ޗިޕްސް ބޯކިބާ

ބޭނުންވާނެ ތަކެތި 1 ފިޔާ (ބޮޑު) 3 މިރުސް 1 ހިކަނދިފަތް 2/1 1 ލުނބޯ 2 ދަޅު މަސް ރަހަލާ ވަރަށް ލޮނުކޮޅެއް ތެލުލާފަހުރި ޕޮޓޭޓޯ ޗިޕްސް (ދިގު ކޮށް ކޮށާފަ ހުރި) 4 ޓޮމާޓޯ (ސްލައިސް ކޮށް ކޮށާފަ) 4 ބިސް ހައްދަ...

11 Apr 2023 | 07:34

ބޭނުންވާނެ ތަކެތި

  • 1 ފިޔާ (ބޮޑު)
  • 3 މިރުސް
  • 1 ހިކަނދިފަތް
  • 2/1 1 ލުނބޯ
  • 2 ދަޅު މަސް
  • ރަހަލާ ވަރަށް ލޮނުކޮޅެއް
  • ތެލުލާފަހުރި ޕޮޓޭޓޯ ޗިޕްސް (ދިގު ކޮށް ކޮށާފަ ހުރި)
  • 4 ޓޮމާޓޯ (ސްލައިސް ކޮށް ކޮށާފަ)
  • 4 ބިސް

ހައްދަވާނެގޮތް

ފިޔާ މިރުސް ހިކަނދިފަތް ކޮށާފަ ލޮނުލާފަ ރަނގަޅަށް މޮޑެލާނީ، ދެން މަސް ދަޅު ތައް އަޅާފައި މަސްހުނި މޮޑޭހެން މޮޑެލާނި، ދެން ތަވާގައި މާޖިރިން އުނގުޅާފައި ސްލައިސްޑް ޓޮމާޓޯ ލޭޔަރެއް އަޅާފައި އޭގެ މައްޗަށް މަސްހުނި ލޭޔަރެއް އާޅާނީ، އަނެއްކާވެސް ޓޮމާޓޯ އަޅާނީ، ދެންސް ޗިޕްސް އަތުރާފަ އޭގެ މައްޗަށް މަސްހުނި ލޭޔަރެއް އަޅާނީ. އެންމެ މެ ފަހުން ގިރާފަ ހުރި ބިސް ތަވާގަ ހުރި ތަކެތީގެ މައްޗަށް މަތި ފޮރުވޭ ވަރަށް އަޅާނީ… ދެން މަޑުގިނީގައި މަތި ޖަހައިގެން ފިހާނީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް