ގޮވާމުން ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މުދަލުން ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ބަލައިގެންނާނީ އެބަޔަކު އާންމުކޮށް ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯ އެވެ.
އަތޮޅު ތެރޭގައި ގޮވާމުން ޒަކާތް ބަލައިގެންނަ ގަޑިތަކާއި އިންތިޒާމްތައް ހަމަޖައްސާފައިވާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. މާލޭގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގައި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަލައިގެންނާނީ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލްގައި ކަމަށެވެ. އެތަނަށް ވަންނަން ބޭނުން ކުރާނީ ކުރީގެ ދަރުމަވަންތަ ސްކޫލްގެ މައި ގޭޓު ކަމަށްވާ އަމީރު އަހުމަދު މަގުގެ ގޭޓެވެ.
މާލޭގައި ޒަކާތް ބަލައިގެންނާނީ
ހެނދުނު 10:00-12:00
މެންދުރު 1:00-3:15 އަދި
ރޭގަނޑު 9:00-10:30 އަށެވެ.
ގޮވާމުގެ ގޮތުގައި ބަލައިގެންނާނީ، ގޮދަން ފުށް، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ބާސްމަތީ ހަނޑޫ، ތައިލެންޑު ހަނޑޫ، ރަތް ހަނޑޫ އަދި އާޓާ ފުށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް