ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނަމުގައި ފޭކު އިންސްޓަގްރާމް އެކައުންޓެއް ހިންގަމުން އަންނާތީ އެކަން ރައީސް އޮފީހުން ސަމާލު ކަމަށް ގެނެސްފިއެވެ.
އެގޮތުން މިރޭ މީޑިއާތަކަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރައީސް ނަމުގައި ފޭކު އިންސްޓަގްރާމެއް ހިންގަމުން އަންނަކަން ފާހަގަވެފައިވާކަމަށާއި އެ އެކައުންޓާއި ރައީސް ސޯލިހާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ރައީސް ސޯލިހްގެ ނަމުގައި ހިންގަމުން އަންނަ ފޭކް އެކައުންޓްގައި ހުރީ ރައީސް ސޯލިހްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ފޮޓޯ އާއި ވީޑިއޯ ނަގާ އެ އެކައުންޓަށް އަޕްލޯޑުކޮށްފައެވެ. 10 ހާހަށްވުރެ ގިނަ މީހުން ފޮލޯ ކުރަމުން އަންނަ އެ އެކައުންޓުން އަޕްޑޭޓްކޮށްފައިވާ ސްޓޯރީއެއްގައި ބުނެފައިވަނީ 50 ހާސް ރުފިޔާގެ ބިޓްކޮއިން މައިނިންގ ޕްރޮގްރާމެއް ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށާއި އިތުރު ތަފްސީލް ބޭނުން ނަމަ އެ އެކައުންޓް މެދުވެރިކޮށް އެ މައުލޫމާތު ސާފުކުރުން އެދޭ ކަމަށެވެ.
https://twitter.com/MvSpokesperson/status/1645473845095321601
މި ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ފޭކް ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި އެހެނިހެން ގޮތްގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް