ދައުލަތުން ބަލަހައްޓާ ކުދިންނަށް ރައީސްގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދީފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޯދަ ވީއްލުމެއް ބާއްވައިފިއެވެ. މި ރޯދަ ވީއްލުން އޮތީ ރައ...

11 Apr 2022 | 18:09

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މި ރޯދަ ވީއްލުން އޮތީ ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި އެވެ.

ރޯދަ ވީއްލުމުގައި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދައުލަތުން ބަލަހައްޓާ ގިނަ އަދަދެއްގެ ކުދިން ބައިވެެރިވި އެވެ. އަދި އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންވެސް ބައިވެރިވި އެވެ.

ރޯދަ ވީއްލުމުގެ ކުރިން ހަވީރު މުލިއާގޭ ގޯތިތެރޭގައި އެ ކުދިންނަށް ހާއްސަކޮށް ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި އެކި ކުޅިވަރުތަކާއި ފޮތް ކިޔައި ކުރަހާ ހަދަން ތަންތައް ތައްޔާރުކޮށްފައިވެ އެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ފޮޓޯތަކުން އެ ހަރަކާތްތަކުގައި އެ ކުދިންނާއި އެކު ރައީސްގެ ދެކަނބަލުން ބައިވެރިވެ އުފާވެރި ވަގުތަކެއް ހޭދަ ކުރާތަން ފެނެ އެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހު ރައީސްގެ ދެކަނބަލުންގެ ފަރާތުން ދައުލަތުން ބަލަހައްޓާ ކުދިންނަށް ހާއްސަކޮށް ރޯދަ ވީއްލުން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް