އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ދޮށީ ފިރިހެން ދަރިފުޅު ބްރޫކްލީ ބެކަމް ކަައިވެނިކޮށްފި އެވެ.
އުމުރުން23 އަހަރުގެ ބްރޫކްލީ ކައިވެނި ކުރީ އެމެރިކާގެ އެކްޓްރެސް އުމުރުން 27 އަހަރުގެ ނިކޮލާ ޕެލްޓްސް އާއި އެވެ. ނިކޮލޯ އާންމުންގެ މެދުގައި މަގުބޫލުވެފައިވަނީ "ބޭޓްސް މޮޓެލް" ގައި އޭނާ ކުޅުނު ރޯލުންނެވެ.
ނިކޮލާ އަކީ އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ނެލްސަން ޕެލްޓްސްގެ ދަރިއެކެވެ.
މި ކައިވެނި ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ނިކޮލާގެ އާއިލީ ގެ ކަމަށްވާ ޕާމް ބީޗުގައި އެވެ. 3.5 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ބޭއްވި މިކައިވެނީގެ ފޮޓޯތައް ބްރޫކްލީ އާއި ނިކޮލާ މިހާރު ދަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.
ނިކޮލާ ބުނީ އޭނާގެ ކައިވެނީގެ ހެދުމަކީ އަބަދުވެސް ލުމަށް ބޭނުންވި އަދި އުންމީދު ކުރި ގޮތަށް ފަރުމާކޮށްފައިވާ ހެމެއް ކަމަށެވެ. އަދި ކައިވެނި ހަފްލާވެސް ބޭއްވިގެން ދިޔައީ ހަމަ އެގޮތަށް ކަމަށް ބުނެފައިވެ އެވެ.
ނިކޮލާ އާއި ބްރޫކްލީ ކައިވެނި ކުރުމުން ބެކަމް ވަނީ އެ ހަފްލާގައި ރަސްމީކޮށް ނިކޮލާ އެ އާއިލާ އާއި ގުޅިފައިވާތީ މަރުހަބާ ކިޔާފައި އެވެ.
މަޝްހޫރު ފިލްމީ ތަރިންނާއި އެކު އެ ހަފްލާގައި30 މެހެމާނުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސެރީނާ ވިލިއަމް އާއި އީވާ ލޮންގޯރިއާ ހިމެނެ އެވެ.
https://www.instagram.com/p/CcMOTvThjFw/
ބްރޫކްލީ އަކީ ކުރިއަރަމުން އަންނަ މަޝްހޫރު ޝެފެކެވެ.
ބްރޫކްލީ އާއި ނިކޮލާ ބައްދަލުވެފައިވަނީ2017 ވަނަ އަހަރު އެވެ. އެކަމަކު ދެމީހުންގެ ދެމެދުގައޮ އޮތް އެކުވެރިކަމުގެ ގުޅުން ލޯބިވެރިންނަށް ބަދަލުކުރީ2019 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް