މިދިޔަ ހަފްތާގައި ކޯވިޑް ޖެހުނު އަދަދުވެސް 600 ގައި

ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 655 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައ...

11 Apr 2022 | 09:44

ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ 655 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި މިއަދު އާންމު ކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާއި ހަމައަށް ކޯވިޑް ޖެހިފައިވާ މީހުންނާއި އިތުރު ތަފްސީލްތަކެވެ.

އެ މައުލޫމާތުތަކުގައި ވާގޮތުން އެ މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހުނީ 91 މީހުންނަށެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ 482 މީހުންނަށެވެ.

ބަލީގައި މިދިޔަ ހަފްތާގައިވެސް މީހަކު މަރުވެފައެއް ނުވެ އެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައިވާ ޖުމްލަ އަކީ298ކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނީ 178،313 މީހުންނަށެވެ.

ރާއްޖޭގެ ކޯވިޑް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް ނިންމައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރު ފަހުން މިދިޔަ މަހުގެ13 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ކޯވިޑާއި ގުޅިގެން އެޅި ގިނަ ވިޔަވަޅުތައް އުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް