ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެވޭ ވާހަކައަކާ ގުޅިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށްފައިވަނީ، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބު ހޯއްދެވުމަށެވެ.
މަޖިޅިހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ ސުވާލަށް ޖަވާބުދިނުމަކީ އެ ސުވާލަށް ދެވޭޖަވާބަކުން އޭގެ ޒާތުން މަޖިލީހުގައި ދޮގު މައުލުމާތު ދިން ކަމަށް ބުނެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެ ކަމެއްކަމެއްކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސުވާލުގެ ޖަވާބު ދިނުން ލާޒިމުވަނީ ހަމަ އެކަނި ސުވާލުގެ ނޯޓިސް ދީފައި އޮތް ކަންތައްތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ލަފައެއްގެ މައްޗަށް ވާހަކަ ދައްކައިފިނަމަ މަޖިލިހުގައި ވަރަށް ކަންބޮޑުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ފަރާތުން އެކަށިގެންވާ ޖަވާބެއް ނުލިބުން ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް