މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ގުޅިގެން ބާއްވާ ދަރުސް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާާމިކް މިނިސްޓްރީން ބުނީ މިރޭ ދަރުސް ދެއްވާނީ ޝައިޚް އިބްރާހީމް މެންކް ކަމަށެވެ. އަދި މި ދަރުސް އޮންނާނީ ހުޅުމާލޭ ޣާޒީ ސްކޫލުގައި މިރޭ 2130 ގައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ "ސީކިން ސޮލޭސް" ނުވަތަ ހިތްހަމަޖެހުން ހޯދުން މި މަޢުޟޫއަށް ކުރިއަށް ގެންދާ މި ދަރުހަކީ ޒުވާނުންނާ ގުޅޭ ގޮތަށް އިނގިރޭސި ބަހުން ކުރިއަށް ގެންދާ ދަރުހެއް ކަމަށެވެ.
ޝައިޚް އިބްރާހީމް މެންކްއަކީ ޒިންބާބުވޭގެ މަޝްހޫރު ދާޢީ، މުފްތީ އިސްމާޢީލް މެންކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
މަދީނާ ޔުނިވަރސިޓީން ކިޔަވާ ވިދާޅުވެފައިވާ ޝައިޚް އިބްރާހީމް މެންކް މީގެ ކުރިންވެސް ރާއްޖޭގައި ގިނަ ދަރުސްތަކެއް ވަނީ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް