މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅިގެން އެ ދަތިތައް ހައްލު ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ފަރެސްމާތޮޑާ ދާއިރާ މެންބަރު، ޙުސެއިން މުޙައްމަދު ލަތީފު މިއަދުގެ މަޖިލީހަށް ހުށަހެޅި މި ކުއްލި މައްސަލާގައި ބުނެފައިވަނީ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެފައިވާއިރު، މަސްވެރިން ބާނާ މަސް ކިރުން ކޮންޓްރޯލް ކޮށްފައިވުމަކީ އޭގެ ގެއްލުން މަސްވެރިންނަށް އިންތިހާއަށް ކުރާ ކަމެއް ކަމަށެވެ. އަދި ބައެއް ދޯނިތަކުން ބާނާ މަސް އުކާލަން ޖެހުމާއި، ކޮންމެ ދުވަހަކު ބޭނުންވާ މިންވަރަށް މަސް ބޭނުމަކީ ޚަރަދުގެ ގޮތުން ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަން މި މައްސަލާގައި ވެއެވެ.
މި މައްސަލަ މަޖިލީހުން ބޭރު ކޮށްލާފައިވަނީ 41 މެންބަރެއްގެ ވޯޓުންނެވެ. މައްސަލަ އާއި އެއްކޮޅަށް ވޯޓް ދީފައި ވަނީ ނުވަ މެންބަރުންނެވެ.
މިދިޔަ މަހު ވެސް ވަނީ މަސްވެރިންނާ ގުޅުން ހުރި މައްސަލައެއް މަޑަވެލި ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާނު ހުށަހަޅާފައެވެ. އޭނާ ހުށަހެޅީ ސަރުކާރުން މަސްވެރިންނަށްވެފައިވާ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާގެ މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް