ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދޭން ކައުންސިލުން ނިންމައިފި

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދިނުމަށް ތޮއްޑޫ ކައުންސިލުން ފާސްކޮށްފިއެވެ. ތޮއްޑޫގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލުން ފާއިތުވި ހަފްތާގައި ނި...

11 Apr 2022 | 07:17

ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދިނުމަށް ތޮއްޑޫ ކައުންސިލުން ފާސްކޮށްފިއެވެ.

ތޮއްޑޫގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލުން ފާއިތުވި ހަފްތާގައި ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި، ތަރައްޤީގެ ޕްލޭންގައިވާ ގޮތުގެ މަތީން ޙާފިޒުކަމުގެ ސަނަދު ޙާޞިލްކުރާ ކޮންމެ ފަރާތަކަށް -/50,000 ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މި ފައިސާ ހަމަޖެއްސުމަށް ނިންމާފައިވަނީ، ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެެ ކެމްޕެއިން ވަޢުދުގައިވާގޮތުން އޭނާގެ ފަރާތުން -/25,000 އާއިއެކު ބާކީ ފައިސާ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.

މީގެ އިތުރުން، ތޮއްޑޫ ކައުންސިލުން ނިންމި ނިންމުންތަކުގެ ތެރޭގައި،  އެރަށު އިނާރާ މިސްކިތް މަރާމާތު ކުރުމަށް އެ ކައުންސިލުން ވަނީ -/15000 ދިނުމަށް ފާސްކޮށްފައެވެ.

އަދި ތޮއްޑޫ ކައުންސިލާއި ގުޅިގެން ހިފްޒު ކުލާހެއް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދައި އެފަރާތާއި އެއްބަސްވެވޭ ގޮތެއްގެ މަތީން ކުރިއަށް ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް