މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރު ކުރެވުނީ އޮޅުމަކުންކަން އެނގުނީ ޖަވާބު ދެއްވާތާ 30 މިނެޓު ފަހުން!

ފިޝަރީޒް މިނިސްޓަރު ޑރ. ހުަސައިން ރަޝީދު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރެވުނީ އޮޅުމަކުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ މިނިސްޓަރާއި ސުވާލު ކުރުން ހުއްޓުވައިފި އެވެ. މިނ...

11 Apr 2022 | 07:16

ފިޝަރީޒް މިނިސްޓަރު ޑރ. ހުަސައިން ރަޝީދު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރެވުނީ އޮޅުމަކުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ މިނިސްޓަރާއި ސުވާލު ކުރުން ހުއްޓުވައިފި އެވެ.

މިނިސްޓަރު މިއަދު މަޖިލީގަށް ހާޒިރު ކުރީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުު ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މިނިސްޓަރު ވަނީ އެ ސުވާލުގެ އިތުރުން އެހެން ސުވާލުތަކަށްވެސް ޖަވާބު ދެއްވާފަ އެވެ. މިނިސްޓަރު ހާޒިރު ކުރެވިފައި ވަނީ އޮޅުމަކުންކަން ފާހަގަ ކުރެއްވީ ގާތްގަނޑަކަށް30މިނެޓު ފަހުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ.

ޝަރީފުގެ ނިޒާމީ ނުކުތާ އާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެ ނުކުތާ ބަލައިގެންނަ ކަމަށް ވިދާޅުވެ މެމްބަރުން ސުވާލު ކުރެއްވުމާއި މިނިސްޓަރު ޖަވާބު ދެއްވުން ހުއްޓުވާފަ އެވެ. އެކަމިކުފާނު ވިދާޅުވީ މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރެވުނީ އޮޅުމަކުން ކަމަށެވެ.

އަދި މިނިސްޓަރަށް ހުށަހަޅާފައިވާ ސުވާލަށް ޖަވާބު ދެއްވަން ޖެހެނީ ލިޔުމުން ކަމަށެވެ.

ނަޝީދު ފަހުން ވަނީ މިނިސްޓަރުގެ އަރިހުން މާފަށްއެދިވަޑައިގެން މިނިސްޓަރާއި ސުވާލުކުރަން ހުޅުވާލި ފުރުސަތު ހުއްޓާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް