މާބައިދޫގައި ފުލުހުން ބޭތިއްބުމަށް އިމާރާތެއް ހޯދަނީ

ލ. މާބައިދޫގައި ފުލުހުން ބޭތިއްބުމަށް ބޭނުންވާ އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. މާބައިދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފުލުހުން ބޭތިއްބުމަށް ބޭނުންވާ އިމާރާތް ކުށްޔައް ދިނުމަށް ޝައ...

11 Apr 2022 | 06:27

ލ. މާބައިދޫގައި ފުލުހުން ބޭތިއްބުމަށް ބޭނުންވާ އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މާބައިދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފުލުހުން ބޭތިއްބުމަށް ބޭނުންވާ އިމާރާތް ކުށްޔައް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ.

އެހެންކަމުން މިކަމަށް އެދި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މަހު ކުއްޔަށް ދެވޭނެ އަގު ބަޔާންކޮށް 18 އޭޕްރީލް 2022 ވަނަ ދުވަހުގެ 10:00 އަށް އެ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށައެޅުމަށް އަންގާފައި ވެއެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ އަންދާސީ ހިސާބުގައި އަގު ބަޔާންކުރަންވާނީ މަސްދުވަހަކަށް ޖެހޭ އަގުން ކަމަށެވެ.

ހަމައެހެންމެ އެ ކައުންސިލްގެ އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 13 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 10:00 އަށް މާބައިދޫ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފު ކުރުމަށް އެ އިދާރާއިން އެދިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް