ބެޗްލާސް ޑިގްރީ އަށް ކިޔަވަން ބަންގްލަދޭޝް އިން ރާއްޖެ އަށް ދީފައިވާ ދެ ސްކޮލަޝިޕްގެ ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބުނީ އެ ގައުމުގެ ޔުނައިޓެޑް އިންޓަނޭޝަނަލް ޔުނިވަސިޓީން މަތީ ތައުލީމު ހާސިލުކުރަން ލިބުނު ދެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެކަމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ބުދަ ދުވަސް ކަމަށެވެ.
ޝަރުތުތަކުގެ ތެރޭގައި އޯލެވެލް/އައިޖީއެސްސީ/ އެސްއެސްސ އިމްތިހުނުގެ 10 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން ނުވަތަ އޭ ލެވެލް 10 މާއްދާއިން "އޭ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ.
https://twitter.com/MoHEmv/status/1513153652944343043
ހަތް ދާއިރާއަކުން ބޭނުންވާ ދާއިރާއެއް އިހުތިޔާރުކުރުމުގެ ފުރުސަތާއެކު ހުޅުވާލާފައިވާ މި ދެ ސްކޮލަޝިޕަކީ ވެސް ބަންގްލަދޭޝް އިން ހުރިހާ ހަރަދެއް ދޭ ސްކޮލަޝިޕްތަކެވެ.
ހުޅުވާލާފައިވާ ހަތް ދާއިރާއަކީ، ބެޗްލަ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން (ބީބީއޭ)، ބީބީއޭ އިން އެކައުންޓިން އެންޑް އިންފޮމޭޝަން ސިސްޓަމްސް، ބެޗްލާ އޮފް ސައިންސް އިން އިކޮނޮމިކްސް، ސިވިލް އިންޖިނިއަރިން، ކޮމްޕިއުޓަ ސައިންސް އެންޑް ސިވިލް އިންޖިނިއަރިން، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިއަނިއަރިން އަދި އެންވަޔަރަމަންޓް އެންޑް ޑިވެލޮމަންޓް ސްޓަޑީޒް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް