ފްރާންސްގެ ރެފިއުޖީ ކޭމްޕެއްގައި ހުޅުޖަހާއި އަންދާލައިފި

ފްރާންސް (އޭޕްރީލް 10) – ފްރާންސްގެ އުތުރުގެ ރަށެއް ކަމަށްވާ ދުންކިރްކުގައި ހަދާފައިވާ ރެފިއުޖީ ކޭމްޕެއްގައި އަލިފާން ރޯކޮށްލާ އަންދާލައިފިއެވެ. އެ ހާދިސާގައި 10 މީހަކު ޒަހަމް ވެފައިވެ އެވެ. ރިޕޯޓުތައ...

11 Apr 2017 | 08:07

ފްރާންސް (އޭޕްރީލް 10) – ފްރާންސްގެ އުތުރުގެ ރަށެއް ކަމަށްވާ ދުންކިރްކުގައި ހަދާފައިވާ ރެފިއުޖީ ކޭމްޕެއްގައި އަލިފާން ރޯކޮށްލާ އަންދާލައިފިއެވެ.

އެ ހާދިސާގައި 10 މީހަކު ޒަހަމް ވެފައިވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި 15،00 މީހުން ދިރިއުޅޭ އެ ރެފިއުޖީ ކޭމްޕުގައި ހުޅުޖެހީ އަފްގާން އަދި ކުރުދިސް މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި އެވެ.

އެ ކޭމްޕްތައް ބަލަހައްޓާ ފްރާންސްގެ މީހަކު ބުނީ ބޭނުން ނުކުރެވޭ ވަރަށް ކޭމްޕް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި އެ ސަރައްޙައްދުގެ ހާލަތު މިހާރު އޮތްގޮތުން އެތަނުގައި ކޭމްޕް އަލުން އެޅުމަކީ ނާދިރުކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

އަލިފާނުގެ އެ ހާދިސާއަށް ފަހުވެސް ކޭމްޕް ސަރައްޙައްދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. އެގޮތުން ހިނގި ހަމަނުޖެހުން ގަނޑެއްގެ ތެރޭގައި ވަޅިން ހަމަލާދީ ހަ މީހަކުވަނީ ޒަޙަމްކޮށްލާފައެވެ.

ފްރާންސްގެ އުތުރުގެ ހިސާބުތަކަށް ކޮންމެ ދުވަހަކު އެތައް ރެފިއުޖީންނެއް އެތެރެވެއެވެ. މި ހާދިސާ ހިނގައިފާވަނީ ހަމަނުޖެހުންތަކުގެ ސަބަބުން ކޭމްޕް ބައި ބަޔަށް ވަކިކުރާނެކަމަށް ފުރާންސްގެ އޮފިޝަލުން މިދިޔަ މަހުގެ ތެރޭގައި ބުނެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް