ތިން ގައުމަކުން ގުޅިގެން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބިޑު ކުރަނީ

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް  އެ ގައުމުތަކުގަިއ ބޭއްވުމަށް ބިޑްކުރާނެ ކަމަށް ބުނެފި އެވެ. އެ ތިން ޤައުމަށް ބިޑް ކާމިޔާބު ކުރެވިއްޖެ ނަމަ 32 ޓީމުން 48 ޓީމަށް ބ...

11 Apr 2017 | 07:32

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް  އެ ގައުމުތަކުގަިއ ބޭއްވުމަށް ބިޑްކުރާނެ ކަމަށް ބުނެފި އެވެ.

އެ ތިން ޤައުމަށް ބިޑް ކާމިޔާބު ކުރެވިއްޖެ ނަމަ 32 ޓީމުން 48 ޓީމަށް ބަދަލުކޮށް ވޯލްޑްކަޕްގެ ތާރީހުގައި ތިން ގައުމު ގުޅިގެން ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރަށް ވެގެން ދާނެ އެވެ. ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްގައި އެދެނީ 60 މެޗު އެމެރިކާގައި އަދި ކެނެޑާ އާއި މެކްސިކޯގައި ކޮންމެ ޤައުމެއްގައި 10 މެޗު ކުޅޭގޮތަށެވެ.

އެއަހަރު ވޯލްޑްކަޕް ބާއްވާނެ ގައުމެއް ކަނޑައަޅާނީ 2022 ވަނަ އަހަރު އެވެ.

އެމެރިކާއިން ވަނީ 1994 ގައި ވޯލްޑްކަޕް އެ ޤައުމުގައި ބާއްވާފަ އެވެ. އަދި އެ އަހަރު ވެގެން ދިޔައީ އެންމެ ގިނަ ސަޕޯޓަރުން މެޗުތައް ބަލަން ދަނޑަށް ވަތް އަރަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެކްސިކޯއާއި އެމެރިކާ ވަކި ކުރުމަށް ބޯޑަރު އަޅަން ބޭނުން ވިކަމުގައި ވިޔަސް ފުޓުބޯޅައިގެ ކަންތައްތަކުގައި ވަރަށް އެއްބާރުލުންދޭކަމަށް ޔޫއެސް ސޮކާ ފެޑެރޭޝަން ގެ ރައީސް ވަނީ ހާމަކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް