ކެލިފޯނިއާ (އޭޕްރީލް 10) – އެމެރިކާގެ ކެލިފޯނިއާގެ ރަށެއްކަމަށްވާ ސެން ބަނީޑޯގެ ޕްރައިމަރީ ސުކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކާއި ދެ މީހަކު މަރުވެއްޖެއެވެ.
މި ހަމަލާގައި ޒަޙަމުވި އިތުރު ކުއްޖަކަށް އަންނީ ފަރުވާދެމުންނެވެ.
މި ހަމަލާގައި މަރާލާފައިވަނީ ހަމަލާދިން މީހާގެ އަނބިމީހާކަމަށް ކެލިފޯނިއާގެ ފުލުހުން މަޢުލޫމާތުދެއެވެ. 53 އަހަރުގެ އެ އަންހެން މީހާއަކީ އެ ސުކޫލުގައި ކިޔާވަދޭ ޓީޗަރެކެވެ.
ހަމަލާދިން ވަގުތު އޭނާ ހުރީ ޙާއްޞަ އެހީއަށް ބޭނުންވާ 15 ކުދިނަށް ކިޔަވާދޭން ކުލާސް ރޫމެއްގައެވެ. މަރުވި ކުޑަކުއްޖާކީ އެވަގުތު ކުލާހުގައި އިން އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ހަމަލާދިން ވަގުތު މިކުއްޖާ ހުރީ ހަމަލާގައި މަރުވި ޓީޗަރު ކައިރީގައެވެ.
ހަމަލާދިނުމަށްފަހު ހަމަލާދިން 53 އަހަރުގެ ފިރިހެންމީހާވެސް ވަނީ އަމިއްލައަށް މަރުވެފައިވެފައެވެ. ކެލިފޯނިއާރުގެ ފުލުހުންވަނީ މީ ޖާނުން ފިދާވުމުގެ ހަމަލާއެއްކަމަށް އިޢުލާންކޮށްފައެވެ.
މި މީހާ ބަޑިއާއެކު ސްކޫލަށް ވަދެފައިވަނީ އަނބިމިހާއާއި ބައްދަލުކުރުމަށް ކަމަށް ބުނެ ވިޒިޓާއެއްގެ ގޮތުގައެވެ. ހަމަލާދިނުމާއެކު ވަގުތުން ސުލޫކުގައި އެވަގުތު ކިޔަވަން ތިބި 600 އަށްވުރި ގިނަ ދަރިވަރުން ސުކޫލުން ހުސްކޮށް ކައިރީގައި ހުރި ކޮލެޖްއަކަށް ގެންދެވުނުކަމަށް ކެލިފޯނީއާ ފުލުހުން މަޢުލޫމާތުދެއެވެ.
މީގެކުރިން 2015 ވަނަ އަހަރު ޑިސެމްބަރު މަހުގައިވެސް ދެމަފަރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ސެން ބަނީޑޯގެ ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކިޔަވާދޭ މަރުކަޒަކަށް ވަދެ ހަމަލާދީ 15 މީހުން މަރާލައި 21 މީހުން ޒަޙަމްކޮށްލާފާވެއެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް