ފުޓުބޯޅައިގެ ސަޕޯޓަރެއް އޭނާގެ ޓީމް ބަލިވުމުން އަހެއްގެ ބޮޑުކަމުދާތަކެތި ކައިފި އެވެ.
އެމީހާ މި ގޮތަށް ކަންތައް ކޮށްފައިވަނީ ރައްޓެހިންނާ ކުރި ބެޓެއްގައި ބަލި ވުމުންނެވެ. ޗާލީ ބެމްބާ ނަމަކަށް ކިޔާ އެމީހާ އަކީ އެކްސެޓާ ސިޓީ އަށް ސަޕޯޓުކުރާ މީހެކެވެ. މި ޓީމް ޕްލައިމައުތް އަގިލް އާއި ކުޅުނު މެޗުގައި އޭނާގެ ޓީމު ބަލިވެއްޖެނަމަ އަހެއްގެ ބޮޑުކަމުދާތަކެތި ކާނެކަމަށް އޭނާ ބެޓް ކުރި އެވެ.
ވީޑިޔޯ އަކުން ފެންނަ ގޮތުގައި 23 އަހަރުގެ ޗާލީ އޭނާ ބުނި ބަހުގައި ހިފަހައްޓައި އަހެއްގެ ބޮޑުކަމުދާތަކެތި ބިންމަތިން ނަގައިގެން ކާތަން ފެނެ އެވެ.
ބޮޑުކަމުދާތަކެތި ކެއުމަށްފަހު ދަތްއުގުޅާ ބޭސް ފުޅިއެއް ހުސްވަންދެން އޭނާ ވަނީ ދަތް އުގުޅާ އަނގަ ދޮވެފައެވެ. އެހެންނަމަވެސް އޭގެ އަސަރު އޭނާގެ އަނގައިން އެއްކޮށެއް ނުދެއެވެ.
ނަތީޖާ އަކަށްވީ އޭނާގެ ލޯބިވެރިޔާ އޭނާ އާއި ކައިރި ނުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް