އެސްޓާސް އިން ފޯނެއް ވަގަށްނެގި ޒުވާނަކު ހޯދަނީ

ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. https://youtu.be/8JovQWNfWog ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑ...

11 Apr 2017 | 05:37

ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

https://youtu.be/8JovQWNfWog

ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަގޮތުގައި ހެޑްސެޓް އަޅައިގެން ހުރި ޒުވާނަކު ހަރަކާތްތެރިވަމުން ދިޔައީ އެސްޓާރސް ފިހާރަ ތެރޭގަ އެވެ. ދެކޮޅު ހޯދައި ބެލުމަށްފަހު ލީގޫ ބްރޭންޑްގެ ފޯނެއް ޖީބަށް ލުމަށްފަހު ނިކުމެގެންދާތަން ފެނެ އެވެ.

މިމީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3321111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް