އަމިއްލަ އޮޓޯބަޔޮގްރަފީ ލިޔަން ބޭނުން ނުވާ ކަމަށް ސަލްމާން ހާން ބުނެފި

މިދުވަސްވަރު ބޮލީވުޑްގައި ގިނަ ދުވަސްވީ ތަރިންނާއި ޑައިރެކްޓަރުންނާއި ވާހަކަ ލިޔުންތެރިންގެ ކަމަކީ އެމީހެއްގެ ހަޔާތާއި ގުޅޭގޮތުން އޮޓޯބަޔޮގްރަފީ ހަދައިގެން އެ ވިއްކުމެވެ. އެގޮތުން އިއްޔެ ވަނީ ކުރީގެ މ...

11 Apr 2017 | 02:43

މިދުވަސްވަރު ބޮލީވުޑްގައި ގިނަ ދުވަސްވީ ތަރިންނާއި ޑައިރެކްޓަރުންނާއި ވާހަކަ ލިޔުންތެރިންގެ ކަމަކީ އެމީހެއްގެ ހަޔާތާއި ގުޅޭގޮތުން އޮޓޯބަޔޮގްރަފީ ހަދައިގެން އެ ވިއްކުމެވެ.

އެގޮތުން އިއްޔެ ވަނީ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ އާޝާ ޕްރޭހްގެ އޮޓޯ ބަޔޮގްރަފީ ނެރެފައި އެވެ. އެ ރަސްމިއްޔާޓުގައި ބައިވެރިވި ތަރިންގެ ތެރޭގައި ސަލްމާން ހާން ހިމެނެ އެވެ.

އެ ރަސްމިއްޔޓާުގައި ވާހަކަދައްކަމުން ސަލްމާން ބުނީ އަމިއްލަ އޮޓޯބަޔޮގްރަފީ އާންމުންނާ ހަމައަށް އަންނަނާހެން ހީނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ލިޔުމަކީ ސަލްމާން އަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

އެކަމަކު އަމިއްލަ އޮޓޯބަޔޮގްރަފީ ލިޔަން ބޭނުން ނުވާ ސަބަބާއި ގުޅޭގޮތުން އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ. އޭގެ ބަދަލުގަިއ ބުނެފައިވަނީ ކުރީގެ ތަރިން ކަމަށްވާ ހެމާ އާއި އާޝާ ފަދަ ތަރިންނަކީ ވަރަށް އެކުވެރި ތަރިންތަކެއް ކަމަށާއި އެ ދުވަސްވަރު މިހާރު ތަރިންގެ މެދުގަ ޖެހޭ ފަދަ މައްސަލަތައް ނުޖެހޭ ކަމަށެވެ. ސަލްމާން ބުނީ މިހާރުގެ ތަރިން އެމީހުން ކައިރިން ބޮލީވުޑްގައި އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އޮޓޯބަޔޮގްރަފީ ނެރުނު ތަރިންގެ ތެރޭގައި ރިޝީ ކަޕޫރާއި ކަރަން ޖޯހަރު ހިމެނެ އެވެ. އަދި އޮޓޯބަޔޮގްރަފީ ފޮތެއްގެ ގޮތުގައި ނުނެރުނު ނަމަވެސް ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ދަނީ ބޮލީވުޑްގައި ފިލްމެއް ތައްޔާރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް