ޝްރައްދާ އާއި އަރްޖުންގެ "ހާފް ގާލް ފްރެންޑް" ގެ ޓްރެއިލާއަށް އެންމެން ޖޯކު ޖަހަނީ

"ޓޫ ސްޓޭޓް" ގެ ތަރި އަރްޖުން ކަޕޫރާއި "އާޝިގީ 2" ގެ ތަރި ޝްރައްދާ ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރާ "ހާފް ގާލް ފްރެންޑް" ން ނެވެ. މި ފިލްމުގެ ފުރަތަމަ ޓ...

11 Apr 2017 | 02:40

"ޓޫ ސްޓޭޓް" ގެ ތަރި އަރްޖުން ކަޕޫރާއި "އާޝިގީ 2" ގެ ތަރި ޝްރައްދާ ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރާ "ހާފް ގާލް ފްރެންޑް" ން ނެވެ.

މި ފިލްމުގެ ފުރަތަމަ ޓްރެއިލާ އިއްޔެ ރިލީޒް ކޮށްފައިވާއިރު މާ ގިނަ ބަޔަކަށް އެ ޓްރެއިލާ ކަމުދިޔަ ކަމަކަށް ނުވެ އެވެ. ރިޕޯޓުތައް ބުނާޣޮތުގައި ޓުވިޓާގައި އެ ފިލްމުގެ ޓްރެއިލާ އާއި ގުޅޭގޮތުން ކޮށްފައިވާ ކޮމެންޓު ތަކުގެ 50 ޕަސެންޓު ކޮމެންޓަކީ އެ ޓްރެއިލާއަށް ޖޯކު ޖަހާފައިވާ ކޮމެންޓު ތަކެވެ.

އެ ފިލްމަކީ އިނގިރޭސި ފިލްމު "ހާފް ގާލް ފްރެންޑް" ގެ އަސްލަކަށް ބަލައިގެން ތައްޔާރު ކުރަމުންދާ ފިލްމެކެވެ. ފިލްމުގެ ވާހަކަ ލިޔެފައިވަނީ އިންޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ޗޭތަން ބަގަތް އެވެ.

ސްޜައްދާ އާއި އަރްޖުން ފެނިގެންދާ ހާފް ގާލް ފްރެންޑުގައި އެ ދެމީހުންނަށް ދީފައިވާ ނަމަކީވެސް އިނގިރޭސި ފިލްމުގައި އެ މީހުްނެގެ ރޯލުން ފެނިގެންދާ ދެ ތަރިންނަށް ކިޔާ ނަމެވެ. މި ފިލްމުގެ ޓްރެއިލާއަށް އާންމުން ޖޯކު ޖެހީ އެހެންވެ އެއް ނޫނެވެ.

އެ ފިލްމަށް "ހާފް ގާލް ފްރެންޑް" ކިޔަން ޖެހުނު ސަބަބެއް ނޭނގޭތީ އެވެ. ފިލްމުގައި ފެނިގެންދާނީ އަރްޖުން އާއި ޝްރައްދާ ކޮލެޖުން ދިމާވާ ގޮތެވެ. އަދި ޝްރައްދާ، އަރްޖުން އާއި ލޯބީގެ ގޮތުން ގުޅުމަށް އެދުމުން އެކި ގޮތް ގޮތަށް އުޅުމަށް ފަހު ދެމީހުން ގުޅެ އެވެ. ކޮމެންޓު ކުރަމުންދާ ބައެއް މީހުން ބުނެފައިވަނީ އޭ ފަހުން ވާ ކަންތައްތަކަކީ ވަކި ކަމެއް ކަމަށާއި، އެކަމަކު ޝްރައްދާ އަކީ އޭނާގެ ހާފް ގާލް ފްރެންޑަށް ވާނެ ހަމަ އެއްވެސް ގޮތެއް ޓްރެއިލާއަކުން ނުފެނުނު ކަމަށެވެ.

އަދި ބައެއް މީހުން ވަނީ އެ ނަން ކިޔަން ޖެހުނު ސަބަބުތައް ކަމަށް ބުނެ ފާޑު ފާޑުގެ ފޮޓޯތައްވެސް އާންމުކޮށްފައި އެވެ.

އަރްޖުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ކީ އެންޑް ކައި" އިންނެވެ. ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔައީ މިއަހަރު ރިލީޒް ކުރި ""އޯކޭ ޖާނޫ" އިންނެވެ. އެކަމަކު އެ ފިލްމު މާ ބޮޑަކަށް ނުހިނގި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް