އައްޑޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

އައްޑޫ ފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. އައްޑޫގެ އޮންލައިން ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައިވާގޮތުން ރޭ 1:30 ހާއިރު އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުގަ...

11 Apr 2015 | 03:22

އައްޑޫ ފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.

އައްޑޫގެ އޮންލައިން ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައި ބުނެފައިވާގޮތުން ރޭ 1:30 ހާއިރު އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކާރެއް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަހާލައިގެން ގޮސް ފާރެއްގަ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން ނިޔާވީ ސ.ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހުމަދު އަލިދީދީ ،22، އެވެ.

މަމްދޫން ނިޔާވެފައި ވަނީ އެކްސިޑެންޓް ހިނގިތާ 4 ގަޑިއެއްހާއިރު ފަހުން ކަމަށާއި މި އެކްސިޑެންޓްގައި ޒަޚަމްވި ސ.ހިތަދޫ ފަސްމާ އަހުމަދު ސައްމާހު ،20، ގެ ހާލުވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭއިރު އޭނާ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ފޮނުވާލުމަށް ނިންމާފައިވާކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

“އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު 'އައްޑުލައިވް' އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުކުރެވި ކަހާލައިގެން ގޮސް ފިހަރާ ކައިރީގައި ހުރި ގެއެއްގެ ފާރުގައި ޖެހިގެން ކަމަށް، ފާރުގައި ޖެހިފައި ސައިކަލްގައި ތިބި 2 ޒުވާނުން ވިއްސައިގެން ގޮސް ޖެހުނީ މަގު މެދުގައި ޖެހި 2 ޒުވާނުންގެ ތެރެއިން އެކަކުގެ ސިކުނޑިވެސް ފެންނަން އޮތް ކަމަށް" އެ ނޫހުގައި ބުނެފައި ވެ އެވެ.

ރޭގެ އެކްސިޑެންޓްގައި ޒުވާނަކު ނިޔާވެފައިވާއިރު މިދިޔަ ހަފްތާގައި ހިތަދޫގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 17 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް