ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާ ބިލު ރައީސް ތަޞްދީޤު ނުކުރެއްވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ޤާނޫނަށް ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ނުކުރައްވައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިރޭ...

11 Mar 2025 | 16:35

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ޤާނޫނަށް ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙު ތަޞްދީޤު ނުކުރައްވައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު، 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާކަމަށެވެ.

މި ބިލަކީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައިވާއިރު މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިއެވެ. އެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ އެއް ފަނޑިޔާރު ކަމުގައިވާ ހުސްނުއްސުޢޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިޢުފާވެސް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް