އުރީދޫ 5G  އާބާދީގެ 80% އަށް ލިބޭ ގޮތަށް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސްގެ 5G ނެޓްވޯކް ފުޅާކުރުމާއެކު ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް އުރީދޫ 5G ވަނީ ފޯ...

11 Mar 2025 | 11:36

އުރީދޫ މޯލްޑިވްސްގެ 5G ނެޓްވޯކް ފުޅާކުރުމާއެކު ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް އުރީދޫ 5G ވަނީ ފޯރާފައެވެ.

މި ކާމިޔާބީއާއެކު އުރީދޫ 5G އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5G ނެޓްވޯކަށް ވެ، ހަލުއި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5G ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މިއާއެކު، އުރީދޫ 5G މިހާރު މީހުން އުޅޭ 79 ރަށަށް، 8 ރިސޯޓަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5G ސައިޓު ބެހެއްޓިފައިވާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުން. އުރީދޫ 5G އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް