މިހާރު ކުރިއަށްމިދަނީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
އެގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފައިވަނީ މާރިޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށާއި ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނިމިން މަތިވާކަމަށެވެ.
"މީގެ އިތުރުން މި އަހަރަކީ އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާއިބެހޭ ޖަމިއްޔާތަކުން ލަފާކުރޭ" މެޓުން ބުނެފައިވެއެވެ.
މެޓު އޮފީހުގެ އާއްމު ވައިބާ ގްރޫޕްގައި ކޮންމެ ދުވަހަކު 11:00 އާއި 14:00 އާއި 17:00 ގައި ރާއްޖޭގެ މޫސުމާބެހޭ ފަސް އޮފީހުން ނަގާ ވައިގެ ފިނިހޫނުމިނާއި އިހުސާސް ކުރެވޭ ފިނިހޫނުމިން އާއްމު ކުރާނެ ކަމަށާއި ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 14:00 ހާއިރުގައި ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް