ރިނިއުބަލް އެނާޖީ އެންޑް ހައިޑްރޮޖަން ޓެކްނޮލޮޖީސް ކޮންފަރެންސް ފަށައިފި

"ގްލޯބަލް ކޮންފަރެންސް އޮން ރިނިއުބަލް އެނާޖީ އެންޑް ހައިޑްރޮޖަން ޓެކްނޮލޮޖީސް" ކޮންފަރެންސް ރާއްޖޭގައި ފަށައިފި އެވެ. މިއީ އެމެރިކާގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖި...

11 Mar 2023 | 18:19

"ގްލޯބަލް ކޮންފަރެންސް އޮން ރިނިއުބަލް އެނާޖީ އެންޑް ހައިޑްރޮޖަން ޓެކްނޮލޮޖީސް" ކޮންފަރެންސް ރާއްޖޭގައި ފަށައިފި އެވެ.

މިއީ އެމެރިކާގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއާސް، އައިއީއީއީއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އައި ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފައުންޑަރ އަދި ޗެއަރމަން ޑރ. އިބްރާހީމް ނާޝިދެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭެނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރިނިއުބަލް އެނާޖީގެ ދާއިރާއަކީ މުސްތަގުބަލު އޮތް ދާއިރާއެއްކަމަށާއި، ބޭނުންވަނީ ރަނގަޅު މާކެޓެއް އުފެއްދުންކަމަށެވެ. ދާއިރާއާގުޅޭ ޓެކްނޮލޮޖީތައް ބޭނުންކުރާތާ އެތައް އަހަރެއްވީއިރުވެސް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކުގެ މެދުގައި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރާ މިންވަރާއި ލިބެންހުރި މިންވަރުގެ ފަރަގު ބޮޑުކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ރިނިއުބަލް އެނާޖީގެ ދާއިރާއަކީ ފުޅާކުރެވޭނެ ދާއިރާއެއްކަމަށާއި، މި ދާއިރާގައި މުސްތަގުބަލު އެބައޮތްކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން ދުނިޔޭގެ 38 ގައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ހައިޑްރޮޖަން ޓެކްނޮލޮޖީގެ ދާއިރާއާގުޅުންހުރި 200 އަށްވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހަޅާނެ އެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން މި ދާއިރާއާގުޅުންހުރި މުހިއްމު މަޢުލޫމާތު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ކުރިޔަށް ދާނީ މިއަދާއި މާދަމާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް